Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

"ޓޯއި ސްޓޯރީ 4"ގެ އާ ޓްރެއިލާ ދައްކާލައިފި

"ޓޯއި ސްޓޯރީ 4"ގެ މުޅިން އާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

މިއަހަރުގެ މެދުތެރޭގައި ނެރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ "ޓޯއި ސްޓޯރީ" ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމެވެ. މި ފިލްމްގައިވެސް ވުޑީގެ ރޯލަށް ޓޮމް ހޭންކްސް އަޑުއަޅައިދީފައިވާއިރު، ބަޒް ލައިޓްއިޔަރގެ ރޯލް އަދާކޮށްފައި ވަނީ ޓިމް އެލެން އެވެ. މި ފިލްމުން އަލަށް ތަޢާރަފްވާ ފޯކް ދަ ސްޕޯކްގެ އަޑު އަޅައިދީފައި ވަނީ ޓޯނީ ހޭލް ކަމުގައިވާއިރު، ޑަކީ އަށް އަޑު އަޅައިދީފައިވަނީ ކީގަން-މައިކަލް ކީ އެވެ. އަދި ބަނީގެ އަޑު އަޅައިދީފައި ވަނީ ޖޯޑަން ޕީލް އެވެ.

"ޓޯއީ ސްޓޯރީ 4" އޮސްޓްރޭލިއާގައި ރިލީޒްކުރާނީ އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހު ކަމުގައިވާއިރު، އެމެރިކާ އަދި އިނގިރޭސިވިލާތުގައި ރިލީޒްކުރާނީ ޖޫން 21 ގައެވެ.