Last Updated: April 20, 06:31
Saturday, April 20, 2024
ޚަބަރު

މަސީގެ ރައީސްގެ މަގާމަށް 7 ވަނަ ފަހަރަށް ޖަނާހް އިންތިހާބުކޮށްފި

މަސީފެ ރައީސް ޖަނާ، ފޮޓޯ: އަވަސް

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ރައީސްގެ މަގާމަށް 7 ވަނަ ފަހަރަށް މުޙައްމަދު ޖަނާހް އަލީ އިންތިޚާބުކޮށްފިއެވެ.

މީގެކުރިންވެސް މަސީގެ ރައީސްކަންކޮށްފައިވާ ޖަނާހް، މަސީގެ ރައީސްގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ ރޭ ބޭއްވި މަސީގެ 17 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2019 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ އިތުރުން ކުރިއަށްއޮތް 2 އަހަރަށް މަސީގެ ހިންގާ ކޮމިޓީއަށް މެންބަރުން ވަނީ ހޮވާފައެވެ. 2019 ވަނަ އަހަރަށް މަސީގެ ބަޖެޓްގެ ގޮތުގައި 1 މިލިއަނަށްވުރެ ބޮޑު ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.

ކުރިއަށްއޮތް 2 އަހަރަށް މަސީގެ ނައިބް ރައީސުންނަށް ހޮވާފައިވަނީ އަލާއު އަލީ އާއި އަބްދުﷲ ޞާހިހްއެވެ. މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލްއާއި، ހަޒާންދާރާއި، ހަޒާންދާރުގެ އެހީތެރިޔާގެ އިތުރުން މަސީގެ ބޯޑު މެންބަރުންނަށް 15 ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ.
ހޮޓެލް ޖެންގައި ބޭއްވި މަސީގެ އަހަރީ އާއްމު ޖަލްސާގައި އެ އެސޯސިއޭޝަންގެ 34 މެންބަރުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް މަސީގެ ހިންގުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ފަރާތަކަށް ޙާއްސަ ހަނދާނީ ފިލައެއް އެރުވުމަށް ވަނީ ހަމަޖެހިފައިވާ އިރު މިދިޔަ އަހަރު މަސީގެ ހިންގުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީގެން މިއަހަރު މި ހަނދާނީ ފިލާ އަރުވާފައިވަނީ ކުރިއަށްއޮތް 2 އަހަރަށް މަސީގެ ރައީސަކަށް ހޮވާފައިވަނީ ވެސް މުޙައްމަދު ޖަނާހް އަލީއަށެވެ.

2001 ވަނަ އަހަރު އުފެދުނު މަސީއަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ހިމަނައިގެން ދާއިރާ ކުރިއެރުވުމަށް އުފައްދާފައިވާ ޖަމުއިއްޔާއެކެވެ.