Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އަޅުގަނޑަށްދޭ ވޯޓަކީ ޒުވާން ޖީލަށް ދެއްވާ ވޯޓެއް: ޑރ. އަދީލް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވާ ޑރ. އަހުމަދު އަދީލަކީ އުސޫލުތަކުގައި ހިފަހައްޓަވާ ހަރުދަނާ ޒުވާނެކެވެ. ތައުލީމާއި ތަރުބިއްޔަތުގެ މައިދާނުން ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތީ ޒުވާނުން ބާރުވެރި ކުރުވައި، ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށެވެ.

ރަޔިތުންގެ މަޖިލިހުގައި އިލްމީ ގާބިލް ބޭފުޅުން ނެތް ކަމަށް ރައްޔިތުން ކުރާ ޝަކުވާއަށް ނިމުމެއް ގެނެސް ދިނުމަށެވެ. ރައްޔިތުންގެ އަޑު މަޖިލިހުގައި އިއްވައިދީ ކާމިޔާބު މަސައްކަތްތަކެއް ކުރެއްވުމަށެވެ.

"އަޅުގަނޑު ނިކުމެ މިހުރީ ތިޔަ ޒުވާނުންގެ ހައްޤުގައި. ﷲ ގެ ތަނަވަސް ރަހުމަތުން އަޅުގަނޑު ގެ ގައި ހުރީ ގައުމީ ލޭގެ ޖޯޝް. މިއަދާއި ހަމައަށްވެސް އަޅުގަނޑަކީ ޒުވާނުންނާއި އެކީ ހަރަކާތްތެރި ވާ މީހެއް . ޒުވާނުންނަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް އެންމެ ރަނގަޅާ އެނގޭނެ އެކަކު އަޅުގަނޑަކީ"

އަދީލްގެ އިހްސާސު ތަކަކީވެސް މިއަދުގެ އެހެން ޒުވާނުންގެ ވެސް އިހުސާސެވެ. ދައުލަތުން ޒުވާނުންގެ ކަންކަމަށް އިހްމާލުވުމުގެ ސަބަބުން ޒުވާނުން މުޖްތަމައުން ބާކީވެފައިވާ ކަމުގެ ޝަކުވާއެވެ. ޒުވާނުންގެ ވައްޓަފާޅި މިއަދު ބަދަލުވެފައިވާ އިރު އައްޑޫގެ ޒުވާނުން ހާއްސަކޮށް ހިތަދޫ ދެކުނު ދާއިރާގެ ޒުވާނުންގެވެސް ކަންބޮޑުވުންތަކަށް ހައްލެއް ލިބިފައި ނެތުމުގެ އިހްސާސެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާއަށް ކުރިމަތިލުމުގެ އެންމެ ބޮޑު އެއްް ބޭނުމަކީ ޒުވާން ޖީލު ބިނާކޮށްދިނުމެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމެވެ. ތައުލީމާއި ތަމްރީނު ހޯދައި ދިނުމަށް ވަކާލާތުކޮށްދިނުމެވެ. މިކަމަކީ ކަމުގެ ތަޖްރިބާ އާއި އިހްސާސް ދަނެގެން ކުރެވޭނެކަންކަމެވެ. އެސަބަބަށްޓަކައި އަދީލުއަށް ވޯޓު އަޅަން ޖެހެއެވެ.

އަދީލް ވިދާޅުވީ އޭނާ އަކީއެންމެންގެ އަޑު އިއްވާނެ ކެންޑިޑޭޓެވެ. ވަކި ކުލައަކަށް ބެލުމެއް ނެތި ގައުމަށް ހިދްމަތް ކުރާނެ މީހެއް ކަމަށެވެ.