Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ކެންޑިޑޭޓުންގެ ނަން ދެން އަނބުރާ ނުގެންްދެވޭނެ: އީސީ

އީސީގެ މެމްބަރު އަހްމަދު އަކްރަމް - ފޮޓޯ: މިނިވަން ނިއުސް

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ބަންދުކޮށްފިއެވެ.

އިލެކްޝަން ކަމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ބަންދުކުރުމަށް އިލެކްޝަންގެ މެމްބަރުން ނިންމާފައިވާ ކަމަށެވެ.

އަކުރަމް ވިދާޅުވީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ބަންދު ކުރުމަށް ކަމިޝަންއިން ނިންމީ ވޯޓު ކަރުދާސް ޗާޕު ކުރުމަށް ބަޔަކާއި ހަވާލު ކުރުމުން ކަމަށެވެ.

އިލެކްޝަން އިން ބުނީ އިއްޔެ ވޯޓު ކަރުދާސް ޗާޕު ކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އަކުރަމް ވިދާޅުވީ އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ މަޖްލިސް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން 3 ކެންޑިޑޭޓެއްގެ ފޯމު ގެންގޮސްފައިވާކަމަށެވެ.

ނަން އަނބުރާ ގެންދެވި ތިން ކެންޑިޑޭޓުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާއަށް އަމިއްލް ގޮތުން ވާދަކުރެއްވި ޒާހިދު ރަމީޒުވެސް ހިމެނެއެވެ.

މަޖްލިސްގެ 87 ދާއިރާއަށް 389 ކެންޑިޑޭޓުން ފޯމު ހުށަހެޅި އިރު މިހާރު އެއަދަދު ވަނީ 386 އަށް މަދުވެފައެވެ.