Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

މެޖޯރިޓީ ހޯދަން ފްލެޓު ދޭނެކަމަށް ބުނުމަކީ ރިޝްވަތު ހުށައެޅުން: ޚަލީލް

އަބްދުﷲ ހަލީލް، ފޮޓޯ: އަވަސް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް އެމްޑީޕީން ފްލެޓު ދޭނެ ކަމަށް ވައުދުވުމަކީ ރިޝްވަތު ހުށައެޅުން ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ އަމަލުތަކަކީ ރިޝްވަތާއި ކޮރަޕްޝަން ކަމަށާއި، އަދި ދައުލަތުގެ މުދަލާއި ވަސީލަތް ސަރުކާރުގެ ވެރިން ކެމްޕޭނުތަކުގައި ބޭނުންކުރުމަކީ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޚަލީލްގެ އާއިލާގެ 34 ފަރާތަކަށް މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓު ލިބިފައިވާއިރު ގިނަ ބަޔަކު ވަނީ އޭނާ މިފަދަ ވާހަކައެއް ދެއްކުމުން ފާޑުކިޔާފައެވެ.

ނަމަވެސް ޚަލީލް ވަނީ އެ ފްލެޓުތަކަކީ އޭނާގެ ނުފޫޒުން ލިބުނު ފްލެޓުތަކެއް ނޫން ކަމަށާއި އޭނާގެ އާއިލީ ބޭފުޅުންނަށް ފްލެޓު ލިބުނީ ލިބުން ހައްގު ވާތީ ކަމަށެވެ. ލިބިފައިހުރި ލިޔުންތަކުން އެނގޭ ގޮތުގައި ޚަލީލްގެ އާއިލީ ބޭފުޅުންގެ ތެރެއިން ފްލެޓު ލިބުނު ބައެއް ބޭފުޅުންނަށް ޕޮއިންޓު ލިބިފައިވަނީ 70 ޕޮއިންޓަށްވުރެ ވެސް މަދުންނެވެ.