ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދާއި އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން، ފަލަސްޠީނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.
ރައީސް ފަލަސްޠީނަށް މިކު ރެއްވި ރަސްމީ ދަތުރުފުޅަކީ، ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްގެ ދަޢުވަތަކަށް، އިންޓަނޭޝަނަލް އިސްލާމިކް ކޮންފަރެންސް އޮފް ބައިތުލް މަޤްދިސްގެ 4 ވަނަ ބައްދަލުވުން ޝަރަފުވެރިކޮށް ދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ފަލަސްޠީނުން އަރުވާ އެންމެމަތީ ޝަރަފު ކަމުގައިވާ "ސްޓާ އޮފް ޕެލަސްޓައިން" ރައީސުލްޖުމްހޫރިއްޔާ އަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާހަށް އެރުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާހަށް "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން" އެރުވި އެވެ.