Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ބީއެމްއެލް އިން ހިއްސާއަކަށް 24ރ. ބަހަން ނިންމައިފި

ބީއެމްއެލްގެ 2018 ވަނަ އަހަރުގެ އާންމު ޖަލްސާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 24 ރުފިޔާ ބަހަން ނިންމައިފިއެވެ.

މިއަދު ކުރިއަށްގެންދިޔަ އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ތާއިދާއެކު ބޭންކުގެ ހިއްސާއަކަށް 24 ރުފިޔާ ބަހަން ފާސްކުރިއިރު ހިއްސާގެ ފައިދާ ގޮތުގައި 129 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމާފައެވެ.

މިއީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާއަށްވުރެ 09 ޕަސެންޓް ބޮޑު އަދަދެކެވެ.

ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ސަރުކާރުގައެވެ. އެގޮތުން ސަރުކާރުން ބީއެމްއެލްގެ 62.2% ހިއްސާކުރާއިރު، 4.1% ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. ބާކީ 33.7% އަކީ އާންމު ހިއްސާދާރުންނެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބީއެމްއެލް އަށް ފައިދާގެ ގޮތުގައި 77 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ބީއެމްއެލް އިން ހިއްސާއަކަށް ބަހާފައި ވަނީ 22 ރުފިޔާ އެވެ.