Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ބިދޭސީއެއްގެ ފޯން ފޭރިގަތް ކުޑަކުއްޖަކު ހައްޔަރުކޮށްފި

މާލޭގައި ބިދޭސީއެއްގެ ފޯން ފޭރިގަތް މައްސަލައަކާއި ގުޅިގެން ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިރޭ 19:15 ހާއިރު ފަރީދީމަގު، ފެންޓަސީ ސްޓޯރ ކައިރިން ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގެން ދިޔަ މައްސަލައަކާއި ގުޅިގެން 17 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެޖުއްޖާ ހައްޔަރުކޮށްފައި ވަނީ އެލްސިއޯން ބޭކަރީ ކައިރިން ކަމަށާއި، އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖިންސުގެ ކަނާތްފަރާތު ކުރިމަތީ ޖީބުން ވާވޭ ބްރޭންޑްގެ ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މިހާރު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.