Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ހިސާބަށްވުރެ ރުޅިއައުމަކީ ޝައިތޯނީ ކަމެއް: ޝެއިޚް ޒައިދު

ހިސާބަށްވުރެ ރުޅިއައުމަކީ ޝައިތޯނީ ކަމެއް ކަމަށާއި އެހެން ކަމުން ރުޅި ކޮންޓްރޯލް ކުރުމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރުޅިއައުމަކީ ކިހާވަރެއްގެ ކަމެއް ކަމަށާއި ރުޅިއައުމުން ކަންތައް ކުރަންޖެހޭގޮތް ޝެއިޚް ޒައިދު ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

"ހިސާބަށްވުރެ ރުޅިއައުމަކީ ޝައިތޯނީ ކަމެއް! ކޮއްޅަށް ހުރެ ރުޅިއައިސްފިނަމަ ހަދީީޘްގައި އޮންނަނީ އިށީންނަން. އަދި އިށީނދެގެން ވެސް ރުޅި މަތަނުވަންޏާ އޮށޯންނަނީ. އަދި އަޢޫޒު ކިޔާނީ. އަދި ވުޟޫ ކުރާނީ. ވީމާ މި ސްޓެޕްތައް ފޮލޯ ކުރައްވާ. އަޢޫޒު ގިނަގިނައިން ކިޔުއްވާ!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ރުޅި އައުމަކީ ވަރަށް ގިނަ މީހުންނަށް ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ރުޅި ކޮންޓްރޯލްނުވެ އަތުން ފައިން ގޯސްހެދޭތަން ވެސް އާދެއެވެ. އެހެން ކަމުން ރުޅި އަންނަ ހިނދު ޝެއިޚް ވިދާޅުވި ސްޓެޕްތައް ފޮލޯކޮށްގެން ކުރިޔަށް ދިޔުން އެއީ ވަރަށް މުހިއްމު ކަމެކެވެ.