Last Updated: April 24, 22:15
Wednesday, April 24, 2024
ޚަބަރު

ސަލްމާން އަނެއްކާވެސް އާ ދެތަރިން ބޮލީވުޑަށް ލޯންޗް ކުރަނީ

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއަކީ އާ ތަރިން އިންޑަސްޓްރީއަށް ނެރުމަށް އަބަދުވެސް އަހައްމިއްޔަތުދޭ ފަރާތެކެވެ. އެގޮތުން އަނެއްކާވެސް އާ ދެތަރިން ކަމަށްވާ ޒަހީރު އިޤްބާލް އަދި ޕްރަނޫތަން ބޭލް ލޯންޗުކުރުމަށް އޭނާ ދަނީ ތައްޔާރު ވަމުންނެވެ.

މި ދެތަރިން ފެނިގެންދާ ފިލްމަކީ "ނޯޓްބުކް" އެވެ. އެ ފިލްމު ބިނާކޮށްފައިވަނީ ކަޝްމީރުގެ މައްޗަށެވެ. އަދި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ތައުލީމަށެވެ.

ފިލްމާއިބެހޭ ގޮތުން ދެއްކި ވާހަކައިގެ ތެރެއިން ޕުލްވާމާއަށް ދެވުނު ޓެރަރިސްޓް ހަމަލާއާއިބެހޭ ގޮތުން ސަލްމާން ވަނީ އޭނާގެ ޚިޔާލު ހާމަކޮށްފައެވެ. އޭނާ ބުނެފައިވަނީ އެ ހަމަލާ ދިން މީހުންނަކީ ވެސް ތައުލީމް ލިބިފައިވާ ބައެއް ކަމަށެވެ. ތަފާތަކީ އެމީހުންނަށް ދެވުނު ތައުލީމަކީ ގޯސް ތައުލީމަށް ވެފައިވާ ކަމަށެވެ.

ސަލްމާންގެ ފިލްމް" ނޯޓްބުކް"ގެ ޑައިރެކްޓަރަކީ ނިތިން ކައްކަރުއެވެ. ފިލްމު ސްކްރީންތަކަށް އަންނާނެ ކަމަށް ބެލެވިފައިވަނީ މާޗްމަހުގެ 29ވަނަ ދުވަހުއެވެ.