Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

ވިސާގެ ކަންކަމާ ގުޅޭގޮތުން ތައިލޭންޑާއި މަޝްވަރާކޮށްފި

ތައިލޭންޑަށް ދިވެހިން ދިއުމުގައި ވިސާއާ ނުލާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ތައިލޭންޑުގެ އޮފިޝަލުންނާ މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓަރ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތައިލެންޑުގެ ޑިޕްލޮމެޓުންނާ އެކު ވިސާގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

މިބައްދަލުވުމަކީ އާޖެންޓީނާގެ ބޮއެނަސްއައިރިސްގައި ކުރިއަށްދާ އދގެ ކޮންފަރެންސް އޮން ސައުތު-ސައުތު ކޯޕަރޭޝަންގެ ދެވަނަ ހައި-ލެވެލް ބައްދަލުވުމުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

މިނިސްޓަރު ވަނީ ތައިލޭންޑަކީ ދިވެހި ވިޔަފާރިވެރިން ވަރަށް ގިނައިން ގޮސް އުޅޭ ގައުމެއް ކަމަށާއި އަދި ތައިލޭންޑުގެ ބޮޑެތި އިންވެސްޓުމެންޓުތައް ރާއްޖޭގައިވެސް ހުރިކަން ފާހަގަކޮށްފައެވެ.