Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ތިޖޫރީއަކުން 550،000ރ. ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

އއ. މަތިވަރީގައި ހުންނަ އެސްޓީއޯގެ ބޭސް ފިހާރައިން ވަގަށް ނެގި ތިޖޫރީ - ފޮޓޯ: ޕޮލިސް

ރ. އުނގޫފާރުގައި ތިޖޫރީއެއްގައި ހުރި ފައިސާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު 13:32 ހާއިރު، އުނގޫފާރު ވެސްޓް ބީޗް ރެސްޓޯރެންޓް ހިންގާ ފަރާތުގެ ގޭގައި ހުރި ތިޖޫރީއަކުން 550،000ރ. (ފަސް ލައްކަ ފަންސާސް ހާސް ރުފިޔާ) ވަގަށް ނަގާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.