Last Updated: May 1, 06:04
Thursday, May 1, 2025
ޚަބަރު

ހޯރަފުށީގައި ސައިކަލެއްގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ހޯރަފުށީގައި ރޯކޮށް އަންދާލި ސައިކަލް - ފޮޓޯ: ފުލުހުން

ހއ. ހޯރަފުށީގައި މިއަދު ސައިކަލެއްގައި ރޯކޮށްލައިފި އެވެ.

އެ ރަށު ނީސް ގޭ ކައިރީގައި ބަހައްޓާފައި ހުރި އެ ސަައިކަލް މިހާރު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު އުމުރުން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤުކުރަމުންދާއިރު، މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ވެސް ވަނީ ހަ ސައިކަލެއްގައި ރޯކޮށްލައިފަ އެވެ. އޭގެ ސަބަބުން އެ ސައިކަލުތައް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.