Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

އުނގޫފާރުން ވަގަށް ނެގި ތިޖޫރީ ހޯދައިފި

އުނގޫފާރުން ވަގަށް ނެގި ތިޖޫރީ ހޯދައިގެން ގެންދަނީ: ފޮޓޯ - ސޮޝަލް މީޑިޔާ

ރ. އުނގޫފާރު ވިޔަފާރިވެރިއެއްގެ ގެ ފަޅާލައި ވަގަށް ނެގި ތިޖޫރީ ފުލުހުން ހޯދައިފިއެވެ.

އިއްޔެ ހިނގި މިވައްކަމުގައި ނަގާފައިވަނީ އުނގޫފާރު ހަސަން މޫސާގެ ގޭގައި ހުރި ތިޖޫރީއެކެވެ. އޭނާ މައުލޫމާތު ދިން ގޮތުގައި ތިޖޫރީ ނެގީ ބައި މިލިއަން ރުފިޔާއާއެކުގައެވެ.

ތިޖޫރީ ފެނިފައިވަނީ ފަޅުގެއެއްގެ ތެރެއަށް އެއްލާފައިވަނިކޮށް ކަމަށާއި ތިޖޫރީ ފެނުނުއިރު ފައިސާ ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އެއީ ތިޖޫރީގައި ހުރި ހުރިހާ ފައިސާއެއް ކަމަށް އަދި ކަށަވަރެއް ނުވެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ދެ މީހަކު ގެންދެވިފައެވެ.