Last Updated: July 24, 15:14
Friday, July 24, 2026
ޚަބަރު

ޕްލާސްޓިކު މަދުކުރުމުގެ ޕްރޮގްރާމުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދުނިޔޭގެ ފެނާއި މޫސުމާ ބެހޭ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން އަލިފުށީ ތިމާވެއްޓާ ބެހޭ ޖަމިއްޔާއިން އިންތިޒާމް ކުރި ޕްލާސްޓިކު މަދުކުރުމުގެ ޕްރޮގްރާމުގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް މިހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވަނީ އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގައި ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނު ވަނީ ޕްލާސްޓިކާއި ދުރަށް އަދި ތިމާވެއްޓާއި ގުޅުންހުރި ގިނަ ކަންތައްތަކެއް މި ފަސްއަހަރު ތެރޭ ކުރުމަށް ވައުދުވެވަޑައިގެންފައެވެ.

އެގޮތުން ރައީސް އޮފީހުން ވަނީ އެއްފަހަރު ބޭނުންކުރުމަށް ފަހު އެއްލާލާ ޕްލާސްޓިކު ބޭނުންކުރުން ހުއްޓާލާފައެވެ. މިސަރުކާރުގެ ވަރަށް ގިނަ ވުޒާރާތަކުން ވެސް އަންނަނީ އެގޮތަށް އަމަލުކުރަމުންނެވެ.