Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ތާޖުއްދީން ސްކޫލުގެ އަހަރީ ދުވަސް ޝަރަފުވެރިކޮށްދެއްވީ ފަސްޓްލޭޑީ

ތާޖުއްދީން ސްކޫލަށް 30 އަހަރު ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުން ބޭއްވި ހަފްލާތައް ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ފަސްޓް ލޭޑީ ފަޒްނާއަކީ ތާޖުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލްއެވެ. އެކަމަނާ ވަނީ މިއަދު ތާޖުއްދީން ރަންގެ ނަމުގައި ބޭއްވުނު ދުވުމުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ހެންވޭރު ދަނޑުގައި ބޭއްވި މިހަފްލާގައި ތާޖުއްދީން ސްކޫލަށް 20 އަހަރާއި 25 އަހަރު ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. ހަނދާނީ ފިލާ އެރުވީވެސް ފަސްޓް ލޭޑީ ފަޒްނާއެވެ.