Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

މި ނިކުތީ ހުޅުދޫ "ފަރިޗާލު ހުޅުދޫ" އަކަށް ބަދަލުކޮށްލަން: އިލްޔާސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕީއެސްއެމްއިން ބާއްވާ އިންތިޚާބީ ބަހުސްގެ ހުޅުދޫ ދާއިރާގެ ބަހުސްގެ ތެރެއިން. ފޮޓޯ: އަލީ ނަސީރު /ޕީއެސްއެމް ނިއުސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނިކުންނެވީ ހަމައެކަނި މަޖްލިސް ގޮޑީގައި ހުރުމަށް ނޫންކަމަށާއި، ނިކުތީ ހުޅުދޫ ބަދަލުކޮށްލުމަށް ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު އިލްޔާސް ލަބީބު (އިއްލީ) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްްއެމްއިން ދާއިރާތަކަށް އަމާޒުކޮށްގެން ގެެނެސްދެމުންދާ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އިއްލީ ވިދާޅުވީ މަޖްލިސް އިންތިހާބަށް ނިކުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ފުއްދައި، ހުޅުދޫ ތަރައްޤީކޮށް، އައްޑޫ ތަރައްޤީކޮށް މުޅި ރާއްޖެ ތަރައްޤީ ކުރުމަށް ކަމަށެވެ.

އެމްޑީޕީގެ އެޖެންޑާ 19ގެ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ކާމިޔާބު ކުރުމުގައި އެމްޑީޕީގެ ލީޑަރޝިޕްގައި އިސް ދައުރެއް އަދާކުރެއްވި އިއްލީ ވިދާޅުވީ ހުޅުދޫ ކުރިއަށް އޮތް ދުވަސްތަކުގައި "ފަރިޗާލު ހުޅުދޫ"އަށް ބަދަލުކޮށްލާނެކަމަށެވެ.

އިއްލީ ވިދާޅުވީ ގެސްޓު ހައުސް ވިޔަފާރި އާއި ސިއްހީ ނިޒާމު ހަރުދަނާކޮށް ހުޅުދޫއަށް ވަޒީފާގެ ފުރުސަތު ހޯދައި ދެވޭނީ އެމްޑީޕީގެ އެޖެންޑާ ށާ 19 އަށް ވޯޓުދީގެން ކަމަށެވެ.

ޒުވާނުންނަށް ރަށުގައި ތިބެގެން ވަޒީފާގެ ފުރުސަތު ހުޅުވި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބިގެންދާނެކަމަށް އިއްލީ ވިދާޅުވިއެވެ. އަދި ހުޅުދޫން ފުރައިގެން ގަމަށް ގޮސް ރާއްޖޭން ބޭރަށް ބޭސްފަރުވާ އަށާއި ޗުއްޓީ އަދި ވިޔަފާރި ކުރުމަށް ދެވޭނެ ގޮތް ހަދައި މުޅި ހުޅުދޫ ބަދަލުކޮށްލާނެކަމަށެވެ.

އިއްލީ އަކީ 2009 އިން 2014 އަށް ހުޅުދޫ ދާއިރާ ތަމްސީލު ކުރެއްވި މެމްބަރެވެ.