ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ދެނެއް ވައްޓާ ނުލެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ މައްޗަނގޮޅި މެދު ދާއިރާގެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އަދި ދީނުގެ ވާހަކަ ދައްކައިގެން ވޯޓު ހޯދަން މަސައްކަތް ނުކުރެއްވުމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
މި ބަހުސްގައި ނަޝީދު ވަނީ، އެމަނިކުފާނު ވާދަކުރައްވާ ދާއިރާ، މައްޗަނގޮޅި މެދު ދާއިރާގައި ދިރިއުޅޭ ބޯހިޔާވަހިކަން ލިބިފައިނުވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.