Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ބިދޭސީއަކަށް ހަމަލާދީ، ފައިސާ ފޭރިގެންފި

ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް، ފޮޓޯ: ރާއްޖެއެމްވީ

މާލޭގައި ބިދޭސީއަކަށް ހަމަލާދީ އޭނާގެ އަތުގައި ހުރި 6،000 ރުފިޔާ އަދި އޭނާގެ މޮބައިލް ފޯނު ފޭރިގެންފިއެވެ.

ރޭ ހިނގި މި ހާދިސާގައި ބިދޭސީ މީހާއަށް ހަމަލާ ދިނީ ސައިކަލުގައި އައި ހަތަރު މީހުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަ ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

މާލެ ރައްކާތެރިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނެއިބަހުޑް ވޮޗް ގާއިމް ކުރެވިފައިވި ނަމަވެސް އަދިވެސް ފޭރުމާއި ވައްކަން ހުއްޓިފައިނުވާކަން ފާހަގަކޮށްލެވެއެވެ.