Last Updated: July 1, 09:43
Wednesday, July 1, 2026
ސިޔާސީ

ޕީޕީއެމްގެ ރަނިންމޭޓް އައްޑޫގައި

ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކެމްޕެއިން ދަތުރެއްގައި މިއަދު އައްޑޫއަށް ވަޑައިގެންފިއެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ ޖަމީލް މިއަދު ހަވިރު އައްޑޫއަށް ވަޑައިގަތީ ޕީޕީއެމްއިން ކުރަމުންދާ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށާއި ޕާޓީއަށް މެމްބަރުން ހޯދުމަށްކަމަށެވެ.

އެގޮތުން ޕަޓީން ރަށް ރަށުގައި ހަދާފައިވާ ޖަގަހަ ތަކަށް ވަޑައިގެން ކެމްޕެއިންގައި ހަރަކާތްތެރިވެވަޑައިގެންނަވާނެއެވެ.

އޮފިޝަލް ވިދާޅުވީ ޖަމީލް އާއި އެކު މާދަމާ ރޭ ފޭދޫ ޕީޕީއެމް އޮފީސް ކުރިމަތީގައި އޮތް ފަސްގަނޑުގައި ޕާޓީގެ ބޮޑު ޖަލްސާއެއް އޮންނާނެ ކަމަށެވެ.

ޖަމީލް އާއިއެކު އިކޮނޮމިކް މިނިސްޓްރީގެ ނައިބް އަމީންވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ޖަމީލް އާއި އަމީނުގެ އިސްތިގްބާލަށް ޕީޕީއެމްގެ ވަރަށް ގިނަ މެމްބަރުން އެއާޕޯޓަށް ހާޒިރުވިއެވެ.