Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ފުވައްމުލަކު ރިންގު ރޯޑް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ހޭނެތިއްޖެ

ފުވައްމުލަކު ރިންގު ރޯޑް (ނައިބުތުއްތު މަގު) ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 7:30 ހާއިރު ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ދެ ސައިކަލްޖެހި ހިނގި މިއެކްސިޑެންޓްގައި އެކަކު ވަނީ ހޭނެތިފައެވެ.

އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ދަނީ މިހާރު ފަރުވާ ދެމުންނެެވެ. ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ އެކްސިޑެންޓްގައި ބޮޑަށް އަނިޔާވެ ހޭނެތިފައިވަނީ މިސްކިތްމަގު ކިނާރާ މޫސާ މުހައްމަދެވެ.

މިއެކްސިޑެންޓްގައި އަނިޔާވި ދެވަނަ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

ތަފްސީލް އަންނަނީ…..