Last Updated: April 26, 15:47
Friday, April 26, 2024
މުނިފޫހިފިލުވުން

"ޓޯއި ސްޓޯރީ 4"ގެ މުޅިން އާ ޓްރެއިލާ ނެރެފި

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ޑިޒްނީ އަދި ޕިކްސަރގެ ފިލްމް "ޓޯއި ސްޓޯރީ 4"ގެ ފުރަތަމަ ފުލް ޓްރެއިލާ މިމަހުގެ ކުރީކޮޅު ނެރެފައިވާއިރު، ފިލްމްގެ ޕްރޮޑިއުސަރުން ވަނީ މުޅިން އާ ޓްރެއިލާއެއް މިއަދު ނެރެފައެވެ.

އަންނަ ޖޫން މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމްގެ އާ ބައިނަލްއަޤްވާމީ ޓްރެއިލާ އިން ފޭނުންނަށް ވުޑީ އެންޑް ކޯގެ ތާޒާ ފުޓޭޖްގެ އިތުރުން އާ ކެރެކްޓާތައް ވެސް ފެނިގެންދެއެވެ.

މީގެ އިތުރުން ބޯ ޕީޕް އާއި ބަޒް ލައިޓްއިޔަރ ވެސް އާ ޓްރެއިލާއިން ފެނިގެންދާއިރު، ޓޯނީ ހޭލްގެ ކެރެކްޓާ ފޯކީ ވެސް ފެނިގެންދެ އެވެ. އެހެންނަމަވެސް އެންމެ ފާހަގަކޮށްލެވެނީ ކީގަން-މައިކަލް ކީ އާއި ޖޯޑާން ޕީލްގެ ކެރެކްޓާތައް ކަމުގައިވާ ޑަކީ އާއި ބަނީ އެވެ.

ފިލްމްގެ ކާސްޓްގެ ތެރޭގައި ޓޮމް ހޭންކްސް އާއި ޓިމް އެލެން އަދި ޖޮއަން ކިއުސެކްގެ އިތުރުން ކުރީގެ ފިލްމްތަކުގައިވެސް ކެރެކްޓާތަކަށް އަޑުއަޅައިދިން ފަރާތްތައް ހިމެނެއެވެ.