Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ކަރަންޓުގެ އަގު ސަރުކާރުން ހެޔޮކޮށްފި

ހިނގަމުން މިދާ މާޗު އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ގޭބީސީތަކުން ބޭނުންކުރާ ކަރަންޓުގެ އަގު ހެޔޮކޮށްދެވިފައި ވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރައްވައިފިއެވެ.

އާ ސަރުކާރަށް 100 ދުވަސް ހަމަވުން ފާހަގަކުރުމުގެ ގޮތުން ރައީސް އޮފީހުގައި ވަޒީރުންނާއެކު ރައީސް ސޯލިހް ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ ކަރަންޓުގެ އަގު ސަރުކާރުން ތިރިކުރީ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ އަގު ހެޔޮކުރިއިރު ވަރަށް ބޮޑުތަން ހެޔޮކޮށްދެއްވާފައިވާނެ ކަމަށާއި، މިސާލަކަށް 4،600ރ. ކުރިން ކަރަންޓު ބިލަށް ދައްކަމުން އަންނަ ގެތަކުން މިހާރު ދައްކާނީ 3،400ރ. ކަމަށެވެ.