Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ޑިވެލޮޕް އައްޑޫން ހުޅުމީދޫ ސިއްހީ މަރުކަޒަށް 4 ކޮމްޕިއުޓަރު

އައްޑޫގެ ތަރައްޤީ އަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ "ޑިވެލޮޕް އައްޑޫ" ގެ ފަރާތުން ހެލްތު މިނިސްޓްރީން އިއްޔެ ކުރިއަށް ގެންދިޔަ ޓްރަސްޓް ފަންޑަށް އެހީތެރިވުމުގެ ގޮތުން ހުޅުމީދޫ ސިއްޙީ މަރުކަޒަށް 4 ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފި އެވެ.

ހުޅުމީދޫ ސިއްޚީ މަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ތަކެތި ހަވާލްކޮށްދެއްވީ ޑިވެލޮޕް އައްޑޫގެ ފަރާތުން އަބްދުﷲ ސޯލިހް އެވެ.

ޑިވެލޮޕް އައްޑޫ ޖަމިއްޔާގެ ފަރާތުން ބުނީ ހުޅުމީދޫ ސިއްޙީ މަރުކަޒަށް އެ ޖަމިއްޔާއިން ހަދިޔާ ކުރި 4 ކޮމްޕިއުޓަރަކީ އެތަނުގެ ކޮމްޕިއުޓަށް ނެޓްވާކެއް ގާއިމް ކުރުމަށް އެހީއަކަށް ދިން ސާމާން ކަމަށެވެ. އަދި މުސްތަގްބަލްގައި މިފަދަ އިތުރު އެހީތައް ވެދެއްވާނެ ކަމަށް އެޖަމިއްޔާ އިން ބުންޏެވެ.