Last Updated: June 6, 12:59
Saturday, June 6, 2026
ޚަބަރު

ލާރިއަކަށް ނުވިކެން، މަސައްކަތްކޮށްގެން ލާރިހޯދަނީ: ޝެއިޚް ޒައިދު

ޝެއިޚް އަލީ ޒައިދު މުއްސަނދި ފަރާތްތަކާއި ގުޅުން އޮންނަ ކަމަށާއި ލާރިއަށް ވިކިފައިކަމަށް ތުހުމަތުކުރާ ފަރާތްތަކަށް، އެބޭފުޅާ ލާރިއަކަށް ނުވިކޭ ކަމަށާއި ލާރި ހޯދަނީ ވަޒީފާއަދާކޮށްގެން، މަސައްކަތްކޮށްގެން ކަމަށް ވިދާޅުވެ ޝައިޚް އަލީ ޒައިދު ރައްދު ދެއްވައިފިއެވެ.

ޝެއިޚް މިކަމަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައި ވަނީ އެބޭފުޅާ ވަޒީފާއަދާކުރައްވަނީ އެމްއެންޔޫގައި ކަމަށް ވިދާޅުވެފައެވެ.

"ބައެއް މީހުން އަޅުގަނޑުގެ ބޮލުގައި، ބައެއް ފައިސާވެރިންނާއި ގުޅުން އޮންނަނީއޭ، ލާރިއަށް ވިކިފައޭ ކިޔާ ބޮޑު ބުހުތާނު ތުހުމަތު އަޅުވާތީ ދަންނަވާލަން! ﷲއަށް ބިރުވެތިވޭ! ބުހުތާނު ދޮގު ނުހައްދަވާ!އަޅުގަނޑު އުޅެނީ އެމްއެންޔޫގައި!ވަޒީފާއަދާކޮށްގެން މަސައްކަތްކޮށްގެން ލާރި ހޯދަނީ!: ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ޝެއިޚުންނަކީ މުޖުތަމައުއިން ފެންނަ ނުރަނގަޅު ކޮންމެ ކަމަކަށް އަލިއަޅުއްވާލައްވާ އޭގެ އެންމެ ރަނގަޅުގޮތް ރައްޔިތުންނަށް އަބަދުވެސް ހަނދާންކޮށް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރައްވާ ބޭފުޅުންނެވެ. ނަމަވެސް ހަގީގަތަކީ އެ ފަރާތްތަކުން ކުރައްވާ އެ މަސައްކަތްތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ނުރުހުމުގެ ބަސްތައް އަބަދުވެސް އެ ބޭފުޅުންނަށް އަމާޒުވާ ކަމެވެ. އެކި ކަހަލަ ދޮގު ވާހަކަތައް އެ ބޭފުޅުންނާއި ދެކޮޅަށް ބައެއް ފަރާތްތަކުން އެކަށީގެންނުވާ ފަދަ ދޮގު ވާހަކަތައް ފަތުރާ ބަދުނާމު ކުރުމަށް މަސައްކަތްކުރާކަމީ ވެސް ހަގީގަތެކެވެ. މިއީ ވިސްނާލަންޖެހޭ ކަމެކެވެ.