Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ޕަޕުއާ ނިއު ގިނީއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

ޕަޕުއާ ނިއު ގިނީގެ ރަށެއް ކަމުގައިވާ ނިއު ބްރިޓެއިން އަށް 6.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ ކެންޑްރިއަންގެ އިރުމަތިން 186 މޭލު ދުރުން ކަމަށެވެ. އަދި ބިންހެލުން އައިސްފައި ވަނީ 57.2 ކިލޯމީޓަރު އަޑިންނެވެ.

ޔޫއެސްޖީއެސް އިން މަޢުލޫމާތު ދޭ ގޮތުގައި މިއަދު ހަވީރު ރާއްޖޭ ގަޑިން 16:20ގައި ޕަޕުއާ ނިއު ގިނީއަށް އައި މި ބިންހެލުމުގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ނުވަތަ އެއްވެސް ގެއްލުމެއްގެ ރިޕޯޓެއް އަދި ކޮށްފައެއް ނުވެއެވެ. މީގެ ކުރިން ރިޕޯޓްތައް ބުނި ގޮތުން ބިންހެލުން އައިސްފައި ވަނީ 6.4 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.