ޕަރިނީތީ ޗޯޕްޅާ ހިމަނައިގެން "އިޝަގްޒާދޭ" ޑައިރެކްޓްކޮށް، އެ ފިލްމުގައި ޕަރިނީތީ ކުޅުނު ރޯލަށް މި އަހަރުގެ ގައުމީ އެވޯޑުގެ ތެރޭގައި ހާއްސަ އެވޯޑެއް ހާސިލްކޮށް ދީފައިވާ ޒުވާން، ހުނަރުވެރި ބަތަލާ ހަބީބް ފައިސަލްގެ އާ ފިލްމަށް ސޮއިކޮށްފި އެވެ.
ޔާޝްރާޖް ފިލްމްސްގެ ވެބްސައިޓްުގައި ބުނެފައިވާ ގޮތުގައި "އިޝަގްޒާދޭ" ލިޔެ، ޑައިރެކްޓް ކުރި ހަބީބުގެ އާ ފިލްމްގައި ޕަރިތީނީ އާ އެކު ލީޑް ރޯލުން ފެނިގެން ދާނީ އަދިތިޔާ ރޯއި ކަޕޫރެވެ. "އާޝިގީ 2" އަށް ފަހު އަދިތިޔާގެ މަގުބޫލްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ.
ޕަރިނިތީ އާއި އަދިތިޔާ ލީޑް ރޯލް ކުޅޭ ފިލްމަަށް އަދި ވަކި ނަމެއް ހަމައްސާފައެއް ނުވެ އެވެ. އެހެން ނަމަވެސް މި ފިލްމް ވެސް "އިޝަގްޒާދޭ" ފަދައިން މި ފިލްމްގެ ލިޔެ، ޑައިރެކްޓް ކުރާނީ ހަބީބު ކަމަށް ޔާޝްރާޖުން ބުންޏެވެ.
ފިލްމްގެ ޝޫޓިން ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ އެވެ. އަދި އަންނަ އަހަރުގެ މެދު ތެރޭގައި ރިލީޒް ކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެެވެ.
މިއީ ހަބީބުގެ ތިން ވަނަ ފިލްމެވެ. އޭނާ ފުރަތަމަ ޑައިރެކްޝަނަކީ ރިޝީ ކަޕޫރާއި ނީޓޫ ސިންގް ލީޑް ރޯލް ކުޅެ، ގައުމީ އެވޯޑް ވެސް ހާސިލް ކުރި "ދޯ ދޫނި ޗާރް" އެވެ.