ސ. މަރަދޫ ކައުންސިލަރު އަބަދުﷲ ތޮއްޔިބް(ޓޮމް) ހިންގަވާ ޑައިވިން ސެންޓަރު "އެކްއަވެންޗަ ޑައިވިން ސެންޓަރު" ން ޑައިވިން ކޯސްތަކެއް ހުޅުވާލައިފި އެވެ.
ޓޮމްގެ އެފްބީ ޕޭޖްގައި ބުނެފައި ވަނީ ޕަޓީން ސެޓިފައިކޮށްފައިވާ ޓްރޭނިން ޕްރޮގްރާމްގެ ތެރޭގައި ހިމެނެނީ ސްކޫބާ ޑައިވަ ސެޓްފިކެޓް، ޕަޑީ އޯޕަން ވޯޓާ ސެޓްފިކެޓް، އޭއޯޑަބްލިއުޑީ ސެޓްފިކެޓް، ރެސްކިއު ޑައިވަ ސެޓްފިކެޓް އަދި ޑައިވް މާސްޓަ ސެޓްފިކެޓް ފަދަ ކޯސްތައް ކަމަށެވެ.
އެެހެންވެ މި ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ޓޮމް ވިދާޅުވީ އެކްއަަވެންޗަ އިން ހިންގާ ޑައިވިން ކޯސްތަަކަކީ ރާއްޖޭގައި އެންމެ އަހު ހެޔޮ ރޭޓޫން ހެދެން ހުރި ޑައިވިން ކޯސްތައް ކަމަށެވެ.
އެކްއެވެންޗަ ޑައިވް ސެންޓަރާ ބެހޭ މައުލޫމާތު www.dc-aquaventure.com ލިބޭނެ އެވެ.
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން މަރަދޫގައި ހަދާފައިވާ "އެކްއަވެންޗަ ޑައިވް ސެންޓަރު" މި މަހުގެ ފަހުކޮޅު ރަސްމީކޮށް ހުޅުވަން ވަނީ ހަމަޖައްސާފަ އެވެ.