Last Updated: March 28, 21:55
Thursday, March 28, 2024
ސިޔާސީ

ވޯޓު ފޮއްޓާއި ކަރުދާސް މިއަދު ހުރިހާ ރަށަކަށް ލިބޭނެ

ސެޕްޓެމްބަރު 7 2013 ގައި ބޭއްވި އިންތިހާބުގައި ފޭދޫ މީހަކު ވޯޓްލަނީ. ފޮޓޯ/ އައްޑޫ ލައިވް

ރައްޔިތުން މަޖިލިސް އިންތިޚާބުގައި ރަށްތަކަށް ފޮނުވާ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސްތައް މިއަދު ފޮނުވާ ނިންމާލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުންބުނީ ރަށްރަށަށް ފޮނުވަންޖެހޭ ވޯޓު ކަރުދާސްތައް ފޮނުވުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

މަޖިލީސް އިންތިޚާބާ ދިމާކޮށް ޖުމްލަ 501 ވޯޓްފޮށި ބަހައްޓަން ނިންމާފައިވާ އިރު މާލޭގައި ބަހައްޓަން ނިންމާފައިވަނީ 144 ފޮށްޓެވެ. އަދި ރަށްރަށުގައި ޖުމްލަ 307 ވޯޓް ފޮށި ބަހައްޓާއިރު، ރިސޯރޓް ތަކުގައި 33 ވޯޓް ފޮށި އަދި ބޭރު ޤައުމުތަކުގައި 8 ވޯޓް ފޮށްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ސިނާޢީ ތަންތަނުގައި 4 ވޯޓް ފޮށި ބަހައްޓާއިރު، ޖަލުތަކުގައި 5 ވޯޓުފޮށި ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މަޖިިލިސް އިންތިޚާބުގައި ދެ ލައްކަ ފަސްދޮޅަސް ހަތްހާސް އެއްސަތޭކަ ފަންސާސްނުވަ ވޯޓް ކަރުދާސް ޗާރޕް ކޮށްފައިވާއިރު، ވޯޓު ކަރުދާސްތަށް މިފަހަރު ޗާރޕް ކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަސް އިންނެވެ. ކަޅާއި ހުދުން ޗާރޕް ކޮށްފައިވާ ވޯޓް ކަރުދާސްތަކުގައި ދެ ސެކިއުރިޓީ ފީޗާރ ހިމެނިފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.