Last Updated: June 10, 09:20
Wednesday, June 10, 2026
ސިޔާސީ

އައްޑު އަށް ހާއްސަ އެމްޑީޕީ ބައްދަލުވުމެއް މާލޭގައި

"ބޯޑިން ޕާސް ހޯއްދަވާ! އަޅުގަނޑުމެން މި ނައްޓާލަނީ، ބެލްޓް އަޅުއްވާ ބާރުކޮށްލައްވާ!”ގެ ނަމުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެ ވަޑައިގަންނަވާ ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްޑީޕީ އައްޑޫ ދާއިރާ އިން ބުނީ ނަޝީދު ބައިވެރިވެވަޑައިގަންނަވާ އައްޑު އަށް ހާއްސަ މި ބައްދަލުވުން އޮންނާނޫ ބުރާސްފަތި ދުވަހުގެ ރޭ 9.00 ގައި މާލޭ އިންގްލިޝް (އެމްއީއެސް) ސްކޫލް ހޯލްގަ އެވެ.

"އަޅުގަނޑުމެން، އައްޑޫ ސިޓީގެ ރައްޔިތުން މި ނައްޓާލަނީ އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު 7 ވަނަ ދުވަހު އެއްބުރުން ދިވެހިރާއްޖޭގެ ރައީސްކަމަށް އަނެއްކާ ވެސް ރައީސް ނަޝީދު އިންތިޚާބުކުރާށެވެ. އައްޑޫ ސިޓީގެ ރައްޔިތުން ދަނީ މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މާލެއާއި އެހެނިހެން ރަށްރަށުގައި ތިއްބެވި އައްޑޫގެ ރައްޔިތުންނާއި އެއްބުރުން ރައީސް ނަޝީދު ހޮވަން ބޭނުންވާ މީހުން ވެސް އައްޑޫ ސިޓީގެ މި މަސައްކަތުގައި ބައިވެރިވުމަށް އެދެމުން ދެ އެވެ." އެމްޑީޕީ އައްޑޫ ރައީސް އަހުމަދު އަދުހަމް މިއަދު ނެރުއްވި ބަޔާނެއްގައިވެ އެވެ. "އެހެންކަމުން، މާލެ އާއި މާލެ ކައިރިި ރަށްރަށުގައި ތިއްބެވި އައްޑޫ ސިޓީގެ ރައްޔިތުންނާއި ހެޔޮ އެދޭ ފަރާތްތަކާ އައްޑޫ ސިޓީގެ ކެމްޕޭން ޓީމުގެ ފަރާތުން ބައްދަލުކޮށްލަން ބޭނުންވެ އެވެ. މި ބައްދަލު ކުރުމުގައި އައްޑޫ ސިޓީގައި ކެމްޕޭން ހިނގަމުން ދާގޮތުގެ މަޢުލޫމާތު ހިއްސާކޮށް އޮޅުން ފިލުވައި ދެވޭނެ އެވެ. ކެމްޕޭންގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވުމަށް ބޭނުންވާ މީހުން ފާހަގަކުރުން އޮންނާނެ އެވެ. ރައީސް ނަޝީދު ހެއްކެއްގެ ގޮތުގައި އެމްޑީޕީ އަށް ސޮއި ކުރައްވަން ބޭނުންފުޅު ވާ ފަރާތްތަކަށް އެ ފުރުޞަދު އޮންނާނެ އެވެ. މީގެ އިތުރުން، ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން ފަންޑް ރެއިޒިން ހަރަކާތެއް ވެސް މި ބައްދަލުވުމުގައި ކުރިއަށް ގެންދެވޭނެ އެވެ."