Last Updated: June 7, 10:44
Sunday, June 7, 2026
ޚަބަރު

ލިވާތުގެ ތުހުމަތަށް ހަތަރު ހެކިން ގެންނަން ޖެހޭނެ: އިޔާޒް

ޒިނޭ ނުވަތަ ލިވާތުގެ އިލްޒާމު މީހެއްގެ ބޮލުގައި އަޅުވައިފިނަމަ ހަތަރު ހެކިން ހާޒިރުކޮށް އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި، ނޫން ނަމަ 80 އެތިފަހަރުން އެ މީހެއްގެ ގައިގައި ހައްދު ޖެހޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވެފައިވަނީ، ސަލަފިއްޔާގެ އިލްމުވެރިންނަކީ އެއް ޖިންސުން ގުޅުން ހިންގާ ބަޔެއް ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ނަޝީދުގެ މިތުހުމަތުތަކާ ގުޅިގެން ބައެއް ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް އަނެއްކާވެސް ނަޝީދަށް އަމާޒުވެފައިވާއިރު އެކަމާ ގުޅިގެން އިތުރު އެއްޗެއް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ.

ޑރ. އިޔާޒްގެ އިތުރުން ޝެއިޚް އަލީ ޒައިދުވެސް ވަނީ ނަޝީދުގެ ފަރާތުން އެފަދަ ބަސްފުޅެއް އިވުނީތީ ނުސީދާގޮތުން ފާޑުވިދާޅުވެފައެވެ. އަދި ބައެއް މީހުން ދީނާ ޚިލާފު ކަންތައް ކުރާއިރުވެސް އެކަން މައްސަލައަކަށް ނުވެ އަތްތިލަބަޑި ޖަހާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.