Last Updated: July 26, 11:16
Sunday, July 26, 2026
ޚަބަރު

ސައިކަލްގެ ވަށިގަޑަށް ކުޑަކުއްޖަކު ލައިގެން ދުއްވީ ފުލުހެއް!

ތުއްތު ކުއްޖަކު ސައިކަލް ވަށިގަނޑަށް ލައިގެން ދުއްވީ ފުލުހެއް ކަމަށާއި އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

މާލޭ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗް ސަރަހައްދުން ތާރުއަޅާފައިވާ މަގުން ރޭ ކުޑަކުއްޖަކު ސައިކަލްގެ ވަށިގަނޑަށް ލައިގެން ދުއްވާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އިރު އެމީހާއަށް އެތައް ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ފުލުހުން ދެންމެ ބުނީ މާލޭގައި ރޭ ކުއްޖާ ސައިކަލްގެ ވަށިގަނޑަށް ލައިގެން ދުއްވީ ފުލުހެއް ކަމަށާއި އެ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް އާއި ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ. އަދި އެމީހާގެ ލައިސެންސް ހިފެހެއްޓުމަށް ޓްރެފިކް ޕޮލިހުން، ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ތަފްސީލް އަންނަނީ….