Last Updated: April 20, 14:49
Saturday, April 20, 2024
ރިޕޯޓް

އާރިފްގެ ތަސައްވުރު: އައްޑޫގައި އިންޑަސްޓްރިއަލް ޒޯނެއް އުފެއްދުން!

މުހައްމަދު އާރިފް: ފޮޓޯ: ޕީއެސްއެމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ މެދު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ މުހައްމަދު އާރިފް ވެސް ނިކުންނަނީ އައްޑޫ ތަރައްގީ ކުރުމަށް ވަރުގަދަ ތަސައްވުރެއް ހިފައިގެންނެވެ. އޭނާ މަޖިލީހަށް ނިކުންނަނީ އައްޑޫ އަށް ހައްގުވާ ޝަރަފުވެރި މަގާމު އަލުން ހޯދައިދިނުމަށެވެ

އާރިފްގެ ނަޒަރުގައި އައްޑޫއަށް ދިމާވެފައިވާ ގޮންޖެހުންތައް

އައްޑޫއަކީ ޖިއޮގްރަފިކަލީ ގޮތުން ބައެއް ގޮންޖެހުންތައް ހުރި ސިޓީއެކެވެ. މިގޮތުން، ސިޓީ އުފެދިފައިވަނީ ރާއްޖޭގެ އެންމެ ދެކުނުގައެވެ. ސިޓީގެ ރަށްތައް އުފެދިފައިވާ ގޮތައް ބަލާއިރު، ހުވަދޫ އަތޮޅާއި ހިލާފަށް އައްޑޫ ސިޓީގައި ވަން އައިލޭންޑް ވަން ރިސޯޓް ކޮންސެޕްޓްގައި ޓޫރިޒަމް ތަރައްގީކުރެވޭކަށް ނެތެވެ. ނަމަވެސް، އެއް ފަސްކޮށް ބޮޑު އާބާދީއެއް އޮތުމަކީ ކެޕިޓަލައިޒް ކުރަންޖެހޭ ސްޓްރެންތެކެވެ. އަދި ޓޫރިޒަމް އައް ބަރޯސާ ނުވެ އައްޑޫ އަކީ މެރިޓައިމް އިންޑަސްޓްރިއަލް ޕޯޓް ސިޓީ އަކައް ބަދަލު ކުރެވޭނެ ތަނެކެވެ.

އައްޑޫގެ ތަރައްގީގެ ޕްލޭން ކާމިޔާބު ކުރެވޭނީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން، ޖިއޮގްރަފިކަލީ ރާއްޖެ އޮތް ސްޓްރެޓެޖިކް ލޮކޭޝަންގެ ފައިދާ ނަގައި އައްޑޫގައި މެރިޓައިމް ހަބެއް ގާއިމްކޮށްގެންނެވެ.

އެގޮތުން ކޮންޓެއިނަރ ޓާމިނަލް އަކާއި ބޯޓްފަހަރު މަރާމާތްކުރުމާއި، ބޯޓް ފަހަރައް ބޭނުންވާ ސަޕްލައި ފޯރުކޮއްދިނުމާއި އަދި ބަންކަރިން ހިދްމަތް ތައާރަފްކޮށް ފަށައިގަތުމުން މިދާއިރާއަކީ މުޅި ރާއްޖެއައް ޓުއަރިޒަމް އިންޑަސްޓްރީ އިން ލިބޭ އާމްދަނީ ދިހަ ވަރަކައް އަހަރުން ބައި ޕާސް ކުރެވޭނެ ސްކޯޕް އޮތް އިންޑަސްޓްރީއެއް ކަމުގައި އާރިފް ވިދާޅުވެއެވެ.

އަދި ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓަލާއި އިންސްޓިޓިއުޓްތައް، ބޭންކިން، އިންޝޫރެންސް އަދި ތަފާތު އިންޑަސްޓްރީތައް އުފެއްދި، އެ އިންޑަސްޓްރީތަކުން މުޅި މި ސަރަހައްދުގެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވުމުގެ އިތުރުން، މި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ތެރެއިން އައްޑޫ ސިޓީ އަދި ހިތަދޫ އަކީ މުޅި ރާއްޖެ އެތަނަކައްޓަކާ ފަހުރުވެރިވާނެ އިގްތިސާދީ ބާރަކަށް ހަދައިގެންނެވެ

މި ކަންކަމަށް އާރިފް ގެންގުޅުއްވާ ތަސައްވުރު

އަޅުގަނޑުގެ ވިސްނުމަކީ މާބޮޑަށް ޓޫރިޒަމް އިންޑަސްޓްރީއަށް ބަރޯސާވުމުގެ ބަދަލުގައި މެރިޓައިމް އިންޑަސްޓްރިއަލް ޒޯނެއް އުފެއްދުމާއި އެކު މެރިކަލްޗާ ޑިވެލޮޕްކޮަށް އަދި އެގްރިކަލްޗާ ފުޅާކުރުމާއި އެކު ފޮސިލް ފިއުލް ބޭނުން ކުރާ މިންވަރު ދުވަހުން ދުވަހައް ދަށްކުރުމެވެ.

އަޅުގަނޑުގެ ވިސްނުމަކީ ވަޒީފާގެ ބާޒާރަށް އަލަށް ނުކުންނަ ހުރިހާ ޒުވާނުންނަކީ ބިޒްނަސް މެނޭޖްކުރުމުގެ ދާއިރާއިން ތައުލީމު ހާސިލްކޮށްގެން ޑެސްކް ޖޮބް ތަކުގައި ތިބޭ ބަޔަކަށް ހެދުމުގެ ބަދަލުގައި، އިންޖިނިއަރިން އަދި ވޮކޭޝަނަލް ޓްރެއިންނިން ވެސް ކިޔަވާ ކުދިންނަށް ވުމެވެ. އަދި އައްޑޫގައި ދުނިޔޭގެ ފެންވަރުގެ ޕްރޮފެޝަނަލް ޓެކްނިކަލް ވޯކް ފޯސްއެއް ބިނާކުރުމެވެ. މިކަމައްޓަކައި އިންޖިނިއަރިންގް އަދި މެރިކަލްޗާ އިންސްޓިޓިއުޓް ގާއިމް ކުރުމެވެ.

މެރިޓައިމް އިންޑަސްޓްރިއަލް ޒޯން

އައްޑޫ އޮތް ލޮކޭޝަންގެ ގޮތުން މި ތަނަކީ މެރިޓައިމް އިންޑަސްޓްރިއަލް ޒޯނަކަށް ބަދަލު ކުރެވިއްޖެނަމަ އެތައް ބިލިއަންް ޑޮލަރުގެ މަޝްރޫއު ހިންގޭނެ ކަނޑު ދަތުރު ފަތުރުގެ ސިނާއީ ޒޯނަކަށް ބަދަލު ކުރެވިދާނެއެވެ.

އެގޮތުން ބިން ހިއްކައިގެން އައްޑޫގައި ތެޔޮ ރައްކާ ކުރެވޭނެ ފިއުލް ފާމާއި ބަންކަރ ޓާމިނަލް އަދި ބޯޑު ޔާޑެއްގެ އިތުރުން ކޮންޓެއިނާ ޓާމިނަލް ހަދައި، ގުދަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސިދާނެއެވެ. އަދި އިންޖިނިއަރިން ވޯކް ޝޮޕް ތަކާއި، ވެހިކަލް ވޯކްޝޮޕްގެ އިތުރުން ބޯޓު ބިލްޑިން ޔާޑުތައް ގާއިމް ކުރެވިދާނެއެވެ.

މެރިކަލްޗަރ

މީގެ އިތުރުން މެރިކަލްޗަރގެ ވިޔަފާރި ފަށައި އިންޑަސްޓްރީއެއްގެ ގޮތުގައި މި ވިޔަފާރި އައްޑޫގައި ކުރެވިދާނެއެވެ. މިގޮތުން އެންމަސް އާލާކޮށް ދިރުވުމާއި، ވިޔަފާރީގެ ފައިދާ ލިބޭނެ ގޮތަށް މަހުގެ ބާވަތްތައް އާލާކޮށް ދިރުވޭނެއެވެ. ބޭރުގެ ފަންނީ މާރިހުންގެ އިރުޝާދުގެ ދަށުން ރިސާޗްސެންޓަރުތައް ގާއިމްކޮށް މި މަސައްކަތް ފެށިއްޖެނަމަ އެންމަސް ހޯދުމަށް މަސްވެރިންނަށް ދިމާވެފައިވާ ދަތިކަމަށް ހައްލެއް ލިބޭނެއެވެ. އަދި މުޅި ރާއްޖެއަށް މިއިންޑަސްޓްރީ ޕައިނިއަރ ކުރުމުގައި އައްޑޫގެ ރައްޔިތުން އިސްނަގާނެއެވެ. މިކަމަށް ޒުވާނުން ނެރެ، މި ފަންނުގެ އިލްމާއި ހުނަރު ދަސްކޮށް ދެވުމުން މެރިކަލްޗާގެ ދާއިރާއަށް މީހުން އިންވެސްޓުކޮށް މިކަމުން އިތުރު ވަޒީފާ އުފެދި މަސްވެރިކަމުގެ ޕްރޮޑަކްޓްގެ އެކްސްޕޯޓަށް ކުރިއެރުން ލިބިގެންދާނެއެވެ.

ދަނޑުވެރިކަން

އައްޑޫއަކީ ވަރުގަދަ މަސައްކަތްތެރިން އަދި ހިތްވަރުގަދަ ދަނޑުވެރިން އުފެދިފައިވާ ސިޓީއެކެވެ. އެހެންކަމުން ދަނޑުވެރިކަމުން ބޮޑު މަންފާއެއް އައްޑޫއަށް ހޯދިދާނެކަމަށް އާރިފް ގަބޫލް ކުރައްވައެވެ. އަމިއްލަ ފުދުންތެރިކަން ހޯދައި، އިމްޕޯޓަށް ބަރޯސާނުވެ، ރިސޯޓުތަކާއި އެހެން ރަށްތަކަށް އަތޮޅު ތަކަށް ދަނޑުވެރިކަމުގެ ސާމާން ސަޕްލައި ކުރެވެން ޖެހެއެވެ. މިކަމަށް މީހުން ބިނާކޮށް ކުކުޅު ގެންގުޅުމާއި، ގްރީން ހައުސްތަކުގައި ޒަމާނީ ފެންވަރަށް ދަނޑުވެރިކަން ކޮށް ގިނަ ބާވަތްތަކުގެ ތަރުކާރީ އާއި މޭވާ އައްޑޫން ހެއްދުމަކީ އައްޑޫގެ އިގްތިސާދު ކުރިއަރައި އާއްމު ފަރުދުންގެ ފުއްދުންތެރިކަން އިތުރުވެގެންދާނެ ސިނާއަތެކެވެ.

އާރިފްގެ ހުވަފެނަކީ މި ރޮނގުން އައްޑޫ ސިޓީއަށް ހައްގުވާ ޝަރަފުވެރި މަޤާމު އަލުން ހޯދުމެވެ. އަދި އައްޑޫއަކީ ރާއްޖޭގެ ފަހުރުވެރި ތާރީހުގައި އެއަތޮޅަކުން އެންމެގިނަ ދީނީ އިލްމުވެރިން އުފެދުނު ފަހުރުވެރި މަގާމް ހާސިލްކޮށްފައިވާ އަތޮޅުކަން ފާހަގަކޮށް މިކަން މިގޮތުގައި ދަމަހައްޓަން މަސައްކަތްކުރުމެވެ.