Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ސޮނާކްޝީ، "ދަބަންގް 3" ގެ ޝޫޓިންގ ފަށައިފި

އެ ފިލްމް ސިލްސިލާއިން ސޮނާކްޝީ ސިންހާ ބޮލީވުޑަށް ތައާރަފް ވެގެން ދިޔަ "ދަބަންގް"ގެ 3 ވަނަ ފިލްމުގެ ޝޫޓިންގ އޭނާ ފަށައިފިއެވެ.

މިއަހަރުތެރޭ ސޮނާކްޝީގެ 5 ފިލްމެއް ބެލުންތެރިންނާއި ހަމަޔަށް އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ."ދަބަންގް 3" ގެ ފުރަތަމަ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އިންދޯރުގައެވެ.

ފިލްމާއިބެހޭ ގޮތުން ވާހަކަ ދައްކަމުން ސޮނާކްޝީ ބުނެފައިވަނީ" މި ފިލްމުގެ މަސައްކަތަށް އެނބުރި އާދެވުމުން އަހަންނަށް އިހުސާސް ކުރެވެނީ އަމިއްލަ ގޭގައި އުޅެވެނީ ކަމަށް. 2010 ވަނަ އަހަރު ނެރުނު "ދަބަންގް 2" ވަނީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލާފައި" މިހެންނެވެ.

މި ފިލްމުގެ ޝޫޓިންގ އިންދޯރުގައި ކުރިޔަށް ގެންދިޔުމަށްފަހު އެނބުރި މުމްބާއީއަށް އައިސް ފިލްމް"ކަލަންކް"ގެ ޕްރޮމޯޝަނުގައި ހަރަކާތްތެރިވުމަށް ސޮނާކްޝީ ވަނީ ނިންމާފައެވެ.