Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޗައިނާގެ ޓީޗަރެއް، ނާސަރީ ކުދިންތަކެއްގެ ނާސްތާއަށް ވިހަ މާއްދާއެއް އެޅުމަށްފަހު ކާންދީފި

ޗައިނާގެ ވޭންގް ނަމަކަށް ކިޔާ ޓީޗަރަކު ނާސަރީގައި ކިޔަވަމުން އަންނަ ކުދިން ތަކެއްގެ ހެނދުނުގެ ނާސްތާއަށް ވިހަ މާއްދާއެއް ކަމަށްވާ ސޯޑިއަމް ނައިޓްރޭޓް އެޅުމަށްފަހު ކާންދީފިއެވެ.

ވިހަ އަޅާފައިވާ ކާނާ ކެއުމަށްފަހު ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދެވުނު ކުދިންގެ އަދަދު ވަނީ 23 އަށް އަރާފައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު އެކުދިންގެ ބަނޑު ވަނީ ފުއްޕާފައި ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއެވެ. އޭގެ ތެރެއިން އެއްކުއްޖަކުގެ ހާލު ވަރަށް ސީރިއަސް ވެފައިވާ އިރު 7 ކުދިން ވަނީ އަދިވެސް އެޑްމިޓް ކުރެވިފައެވެ. އަދި ބާކީ ތިބި ކުދިން ވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައެވެ.

ބެއިޖިންގގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެނދުނު ސައި ބުއިމަށްފަހު މި ކުދިންވަނީ ބޮލަށް އެނބުރުންއަރާ ހޮޑުލާން ފަށާފައެވެ. މި ޓީޗަރު މި އަމަލު ހިންގާފައިވަނީ ކީއްވެގެންކަމެއް އަދި ނޭނގެއެވެ. ފުލުހުން މިހާރުވަނީ މި މައްސަލަ ތަހުގީގް ކުރަން ފަށާފައެވެ.

މިއީ ޗައިނާގެ ސްކޫލް ކުދިބަޔަކަށް މިފަދަ ހަމަލާއެއް ދެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2002 ވަނަ އަހަރު މީދާ މަރާބޭސް ދަރިވަރުން ތަކެއްގެ ކާތަކެއްޗަށް އެޅުމުގެ ސަބަބުން 42 ކުއްޖަކު ވަނީ މަރުވެފައެވެ.