Last Updated: June 17, 11:57
Monday, June 17, 2019
ޚަބަރު

ސާރާ އަދި ވަރޫންގެ "ކޫލީ ނަމްބަރު 1" ގެ ރީމޭކްގެ ފުރަތަމަ ފެނިލުން އޭޕްރީލް 24ގައި ދައްކަނީ

ސާރާ އަލީ ޚާން އަދި ވަރޫން ދަވަން ފެނިގެންދާ ފިލްމް "ކޫލީ ނަމްބަރު 1" ގެ ރީމޭކްގެ ފުރަތަމަ ފެނިލުން އޭޕްރީލް 24ގައި ރިލީޒްކުރުމަށް ހަމަޖެހިއްޖެއެވެ.

ފިލްމް"ކޫލީ ނަމްބަރު 1" އަކީ 90ގެ އަހަރުތަކުގެ ތެރޭގައި ފެނިގެންދިޔަ ފިލްމްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ މަޝްހޫރުވެގެން ދިޔަ ފިލްމެކެވެ. އެ ފިލްމުގައި ތަރިންގެ ތެރޭގައި ފެނިގެން ގޮސްފައިވަނީ ގޯވިންދާ އަދި ކަރިޝްމާ ކަޕޫރުއެވެ.

"ކޫލީ ނަމްބަރު 1" ގެ ރީމޭކްގެ ޕްރޮޑިއުސަރަކީ ޑޭވިޑް ދަވަންއެވެ. އޭނާ ވަނީ 2017ގައި 90ގެ އަހަރުތަކުގެ ފިލްމެއް ކަމަށްވާ "ޖުޅްވާ"ގެ ރީމޭކް ވެސް ޕްރޮޑިުސްކޮށްފައެވެ. އެ ފިލްމުގެ ލީޑްރޯލުން ފެނިގެންދިޔައީ އޭނާގެ ދަރިފުޅު ވަރޫން ދަވަން އެވެ. އަދި މިފަހަރުގެ ރީމޭކްއަށްވެސް އޭނާ ހޮވާފައިވަނީ ހަމަ އޭނާގެ ދަރިފުޅެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމުގެ ފުރަތަމަ ފެނިލުން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 24 އޭޕްރީލްގައެވެ. އެއީ ޑޭވިޑްގެ އުފަންދުވަހެވެ. އަދި ރިޕޯޓްތައް ބުނާގޮތުގައި މި ފިލްމްގެ ޝޫޓިންގ ތައް މިހާރުވަނީ ފެށިފައެވެ.