Last Updated: May 19, 14:39
Sunday, May 19, 2024
ރިޕޯޓް

ފެނާއި ނަރުދަމާ އަދި ކަރަންޓް އެމްޑަބްލިއުއެސްސީ އަށް

ރައީސް ވަހީދު ގަމުގެ ބަނދަރު އިފްތިތާހްކުރުމަށް ބޭއްވުި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ޝަރަފް

އައްޑޫގެ ފެނާއި، ނަރުދަމާ އަދި ކަރަންޓްގެ ހިދްމަތް ދިނުމަށް އެމްޑަބްއިލުއެސްސީ އާއި ހަވާލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރަައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ގަމުގެ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއު އިފްތިތާހް ކޮށްދެއްވަމުން ރައީސް ވިދާޅުވީ ދާދި ފަހުން އައްޑޫއަށް އެމަނިކުފާން ވަޑައިގެން އައްޑޫގެ ފެނާއި ނަރުދަމާ އިފްތިތާހްކޮށްދެއްވި އިރު އައްޑޫގެ ބައެއް ރައްޔިތުން އަސާސީ ހިދްމަތްތަކުން މަހުރޫމްވެފައިވާ ކަން އެމަނިކުފާނަށް ފާހަނގަ ކުރެވުނު ކަމަށެވެ.

އެގޮތުން އައްޑޫގައި ކުރިއަށްދާ ފެނާއި ނަރުދަމާގެ ކަންކަން ކުރިއަށް ދަނީ އެންމެ ރަނގަޅަށް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވެ އެ ހިދްމަތްތައް ރައްޔިތުންނަށް ރަނގަޅުގޮތުގައި ފޯރުކޮށްދެވޭނެ ފަރާތެއް ސަރުކާރުން ބެލި އިރު އެފަރާތަކީ އެމްޑަބްލިއުއެސްސީ ކަމަށެވެ.

ރައީސް ވިދާޅުވީ އައްޑޫގެ ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދްމަތް ދިނުމަށް ސަރުކާރަށް ފެނުނު އެންމެ ގާބިލް ކުންފުންޏަކީ އެމްޑަބްލިއުއެސްސީ އެވެ.

"ސަރުކާރުން ބެލި ބެލުމުގައި ފެނާއި ނަރުދަމާ އަދި ކަރަންޓް ދިނުމަށް އެންމެ ގާބިލް ދިވެހި ކުންފުންޏަކީ އެމްޑަބްލިއު އެސްސީ. އެ ކުންފުނީގައި އެބަހުރި ތަޖްރިބާ އާއި ގާބިލްކަން، އެކުންފުންޏަކީ ޖަޕާނުގެ ހިޓާޗީ ކުންފުނީގެ ހިއްސާގެ ދަސޫން ވަރަށް ފުރިހަމައަށް ކުރިއަށްދާ ކުންފުންޏެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވަހީދު މިގޮތަށް ވިދާޅުވި އިރު މި ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފައްދައި އެކުންފުނީގެ ދަށައް އައްޑޫގެ ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދްމަތް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައެވެ.

ދާދި ފަހުން ފެނަކަ ކޯޕަރޭޝަނުން ވަނީ އައްޑޫގެ ތިން ރަށެއްގެ ފެނާއި ނަރުދަމާގެ ހިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއްލާން ކޮށްފައެވެ.