Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ޖަމީލް ފަހަތަށް ޖައްސާލުމަށް ފަހު ވިލިމާލެ އުޝާމް

ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް: ފޮޓޯ - މިހާރު

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިލިމާލެ ދާއިރާއަށް ވާދަކުރެއްވުމުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.

މިދާއިރާއަށް ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި ޑރ. ޖަމީލް ވާދަކުރައްވާފައިވާއިރު ވަގުތީ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅުއްވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު އުޝާމްއެވެ.

ޑރ. ޖަމީލް ވަނީ އުޝާމް ހޯދި ކާމިޔާބަށް މަރުހަބާ ދަންނަވައި ޓުވީޓެއްވެސް ފޮނުވާފައެވެ.