Last Updated: April 24, 10:13
Wednesday, April 24, 2024
ޚަބަރު

އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް މިއަދު އައްޑޫގައި ބޮޑު ވެހިކަލް ބުރެއް!

އިއްޔެ މުޅި ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ބޮޑު ކާމިޔާބު ފާހަގަކުރުމަށް އައްޑޫގައި ބޮޑު ވެހިކަލް ބުރެެއް ބޭއްވުމަށް ނިންމައި، އެ ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އައްޑޫގެ 7 ގޮޑިވެސް މިފަހަރު އަނެއްކާވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އެމްޑީޕީން ވަނީ މުޅި ރާއްޖެއިން 65 ގޮޑިއަށް ވުރެ ގިނަ ގޮޑި ހޯއްދަވާފައެވެ. މި ނަތީޖާއަށް ބަލާއިރު އެމްޑީޕީންވަނީ މަޖްލިސްގެ ސާފު މެޖޯރިޓީ ބޮޑުތަނުން ހޯދާފައެވެ.

އެމްޑީޕީ އައްޑޫ ދާއިރާއިން ބުނީ މިއަދުގެ ވެހިކަލް ބުރު ހަވީރު 3 ޖަހާއިރު އެމްޑީޕީ ހިތަދޫ ހަރުގެ ކުރިމަތިން ފަށާއިރު ވީހާވެސް ގިނަ ބަޔަކު ހެލްމެޓް އާއި އެކު އެމްޑީޕީ ހިތަދޫ ހަރުގެ ކުރިމައްޗަށް އައުމަށް އެދޭ ކަމަށެވެ. އެގޮތުން ކޮންމެ ދާއިރާއަކުން ސައުންޑު ޕިކަޕެެއް ގެނައުމަށް އެމްޑީޕީން އެދެއެވެ.

މި ފަހަރުގެ އިންތިހާބުގައި ޖުމްހުރީ ޕާޓީ އާއި ޕީޕީއެމް އަދި ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީ އާއި ކުރިމަތިވެފައެވެ.