Last Updated: April 25, 09:23
Thursday, April 25, 2024
ޚަބަރު

އެމްޑީޕީ މޮޅުވީ ފައިސާ ބަހައިގެން: ގާސިމް

އިއްޔެ ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ބޮޑު އައުލަބިއްޔަތު އެމްޑީޕީން ނެގީ ފައިސާ ބަހައިގެންކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ތުހުމަތު ކުރައްވައިފިއެވެ.

ގާސިމް ވިދާޅުވީ ވޯޓުލާން ދެ ދުވަހަށް ވެފައިވަނިކޮށް "ރުފިޔާ އޮއްސާލީ ވާރޭ ވެހޭ ހެން" ކަމަށެވެ.

އިއްޔެގެ އިންތިހާބުން ޖުމްހުރީ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހިފައެވެ. ޕާޓީން 40 ދާއިރާއަށް ކެންޑިޑޭޓުން ނެރެގެން ކާމިޔާބު ކުރެވުނީ 6 ގޮޑިއެވެ. އޭގެ ތެރޭގައި ގާސިމްގެ ގޮޑި ހިމެނެއެވެ. ގާސިމަށްވެސް ގޮޑި ކާމިޔާބު ކުރެވުނީ ހަނި ގޮތަކަށެވެ.

ޖޭޕީގެ ކައުންސިލް މެމްބަރުން ވަނީ މި ނާކާމިޔާބީ އަކީ "ވަގަކު އަތުގައި" ހިފުމުން ލިބުނު ނާކާމިޔާބީއެއްކަމަށް ބުނެފައެވެ. ނަމަވެސް ގާސިމް ވިދާޅުވީ މިއީ އެހެން ދިމާވި ކަމެެއް ނޫންކަމަށާއި މިއީ ފައިސާއިން އެމްޑީޕީ ހޯދި ކާމިޔާބީއެއް ކަމަށް ސިފަކޮށްފައެވެ. އަދި ޖޭޕީގެ ކައުންސިލުން މަސައްކަތް ނުކޮށް އެމްޑީޕީއަށް ތާއިދު ކުރުމުން ދިމާވި ކަމެއް ކަމަށް ބުނެފައެވެ.

އެމްޑީޕީން ވަނީ މަޖްލިސްގެ ސުޕަ މެޖީރިޓީ ނަގާފައެެވެ. އެޕާޓީންވަނީ 60އަށް ވުރެ ގިނަ ގޮޑި ކަށަވަރުކޮށްފައެވެ.