Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

މިފަހަރު މަޖިލީހުގައި ތިއްބަވާނީ ހަތަރު އަންހެން މެމްބަރުން

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރި 31 އަންހެން ކެންޑިޑޭޓުންގެ ތެރެއިން ވަގުތީ ނަތީޖާ ދައްކާ ގޮތުން ގޮނޑި ކާމިޔާބު ކުރެވުނީ އެންމެ ހަތަރު ކެންޑިޑޭޓުންނަށެވެ.

އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވައި ކަނބަލުންގެ ތެރެއިން އިންތިޚާބު ކާމިޔާބުކުރެއްވީ ތުޅާދޫ ދާއިރާއިން ހިސާން ހުސެއިން، ގަލޮޅު އުތުރުން އީވާ އަބްދުﷲ، އައްޑޫ މީދޫ އިން ރޮޒެއިނާ އާދަމް އަދި ހިންނަވަރު ދާއިރާއިން ޖީހާން މަހްމޫދެވެ.

ހިނގަމުންދާ 18 ވަނަ މަޖިލީހުގައި އަދާލަތު ޕާޓީގެ ހަމައެކަނި މެމްބަރު އަނާރާ ނައީމް ވެސް މިފަހަރުގެ އިންތިޚާބުން ވަނީ ނާކާމިޔާބުވެފައެވެ. އަނާރާގެ އިތުރުން މައްޗަނގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވަނީ ކެބިނެޓަށް ވަޑައިގަތުމަށް އިސްތިއުފާ ދެއްވާފައެވެ.