Last Updated: June 6, 12:59
Saturday, June 6, 2026
ޚަބަރު

މިއީ ޕާލަމެންޓް އިންތިޚާބެއްގައި އެންމެ ގިނަބައެއް ވޯޓުލީ ފަހަރު: އީސީ ޝަރީފް

މިއީ ޕާލަމެންޓް އިންތިޚާބެއްގައި އެންމެ ގިނަބައެއް ވޯޓުލީ ފަހަރު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިއްޔެ މަޖިލިސް 19ގެ އިންތިޚާބު ނިމިފައިވާ އިރު، މި އިންތިޚާބުގައި ވޯޓުލާފައިވާ މީހުންގެ އަދަދު 212709އަށް އަރާކަމަށް ވެސް އީސީ ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެެއްގައެވެ.

"212709 މި އިންތިޚާބުގައި ވޯޓުލި، މިއީ ޕާލަމެންޓް އިންތިޚާބެއްގައި އެންމެ ގިނަބައެއް ވޯޓުލި ފަހަރު." އީސީ ޝަރީފް ވިދާޅުވިއެވެ.

ފޯރިގަދަ އިންތިޚާބަކަށްފަހު މުޅި ރާއްޖެއިން ވަރަށް ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީގެ ކެެންޑިޑޭޓުން ވަނީ މަޖިލީހުން ހޯދާފައެވެ. މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ނަތީޖާތަކަށް ބަލާއިރު 69 ގޮނޑި އެމްޑީޕީއިން ވަނީ ކާމިޔާބު ކޮށްފައެވެ.

މި ފަހަރުގެ އިންތިޚާބު ނިމިގެން ދިޔައީ ވަރަށް އަމާންކަމާއެކުގައިކަން ފާހަގަކޮށްލެވެއެވެ.