Last Updated: July 24, 11:07
Friday, July 24, 2026
ޚަބަރު

"އީހަބް" ފަޅާލައި ފޯނުތަކެއް ވަގަށް ނަގައިފި

ހިތަދޫ ބޮޑު މަގުގައި ހުންނަ "އީހަބް" އިލެކްޓްރޯނިކްސް ފިހާރަ ފަޅާލައި ޝޯކޭސްތަކުގައި ޑިސްޕްލޭ ކޮށްފައިހުރި ގިނަ އަދަދެއްގެ ފޯނުތަކެއް ވަގަށް ނަގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ދަންވަރު 3:56 އެހާކަށްހާއިރު ފިހާރަ ތެރެއަށް ވަދެފައިވަނީ މޫނު ނިވާކޮށްގެން ތިބި ހަތަރު މީހެކެވެ. އީހަބަކީ ސެކިއުރިޓީ ގާޑެއްގެ އިތުރުން ސީސީޓީވީ ކެމެރާވެސް ހަރުކޮށްފައި ހުންނަ ފިހާރަައެކެވެ.

ފޯނާއި ޕްރިންޓަރު އަދި އެހެނިހެން ވެސް ގިނަ އިލެކްޓްރޯނިކް ސާމާނު ވިއްކާ އީހަބަކީ ހިތަދޫއަށް މަޝްހޫރު ފިހާރައެކެވެ.

މިމައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އީހަބް ފަޅާލައި ކުރި ވައްކަމުން ލިބުނު ގެއްލުމުގެ އިތުރު ތަފްސީލެއް އަދި ފުލުހުން ދީފައެއް ނުވެއެވެ.