Last Updated: June 17, 18:14
Tuesday, June 17, 2025
ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޖަރުމަނަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަރުމަނަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިނިސްޓަރު ޝާހިދު މިއަދު މިއަދު ހެނދުނު ޖަރުމަނަށް ފުރާވަޑައިގަންނަވާފައިވަނީ ފަސްވަނަ ބާރލިން އެނާޖީ ޓްރާންސިޝަން ޑައިލޮގުގައި ބައިވެރިވެވަޑައިންނެވުމަށް ކަމަށެވެ.

ތިމާވެށްޓާ އެކުވެރި ހަކަތަ އުފެއްދުމާއި ސިސްޓަމްތައް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ އެ ޑައިލޮގް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާ އާއި ޖެހިގެން އަންނަ ދުވަހުގައެވެ.

ބާރލިންގައި ބާއްވާ އެ ޑައިލޮގަކީ ތިމާވެށްޓާ އެކުވެރި ހަކަތަ އުފެއްދުމަށް ކުރެވިދާނެ މަސައްކަތްތަކާއި ހެޔޮ އަގުގައި ހަކަތަ އުފެއްދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ޖަރުމަނުގެ ފެޑެރަލް މިނިސްޓަރ އޮފް ފޮރިން އެފެއާޒާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި ވާއިރު ދެ މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖެއާއި ޖަރުމަނާ ދެމެދު އޮތް ބައިލެޓަރަލް ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެއެވެ.