Last Updated: July 3, 18:11
Thursday, July 3, 2025
ޚަބަރު

މާމިގިލީ ދާއިރާގެ ވޯޓު ވެސް އަލުން ގުނަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތަމްސީލު ކުރައްވާ މާމިގިލީ ދާއިރާގެ ތިން ވޯޓުފޮށްޓެއް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މާމިގިލީ ތިން ވޯޓު ފޮށީގެ ވޯޓުގެ ތެރެއިން ބާތިލު ވޯޓުތައް އެކަނި ގުނާ ގޮތަށެވެ. އެގޮތުން މާމިގިލީގެ ވޯޓު ފޮށިތަކުގައި ބާތިލު ވޯޓު އާދަޔާ ޚިލާފަށް ގިނަކަން ފާހަގަކުރެވޭ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުން މާމިގިލީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު ގާސިމްއެވެ. ގާސިމް އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ 94 ވޯޓުގެ ތަފާތަކުންނެވެ. މި އިންތިހާބުގައި ގާސިމްއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަމީޒެވެ.

މާމިގިލީ ދާއިރާގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކާމިޔާބު ކުރެއްވި މާވަށު ދާއިރާގެ ވޯޓު ފޮށީގެ މައްސަލައަކާއި ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ކާމިޔާބު ކުރެއްވި ކެންދޫ ދާއިރާގެ ވޯޓުގެ މައްސަލަތަކެއް ބަލަން ވެސް އީސީން ވަނީ ނިންމާފައެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީން 65 ގޮނޑި ހޯދާފައެވެ.