Last Updated: May 3, 13:29
Friday, May 3, 2024
ޚަބަރު

އަލުން ގުނުމުންވެސް މާވަށު ދާއިރާގެ ގޮޑި ލިބުނީ ސައީދަށް

މާވަށު ދާއިރާގެ ވޯޓު އަލުން ގުނުމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ލިބުނު ވޯޓު އިތުރުވެއްޖެއެވެ.

މުޙައްމަދު ސައީދު މާވަށު ދާއިރާގެ ގޮޑި ހޯއްދެވީ އެމްޑީޕީ ކެންޑިޑޭޓު އިބްރާހިމް ފަލާހު އާއި ވާދަކޮށް އެންމެ ފަސް ވޯޓުންނެވެ.

މާވަށު ދާއިރާގެ ވޯޓު އަލުން އިލެކްޝަނުން ގުނީ ފަލާހު އިލެކްޝަނަށް ހުށަހެޅި ޝަކުވާ އަކާއި ގުޅިގެންނެވެ. އިލެކްޝަނަށް ފަލާހު ޝަކުވާ ހުށަހެޅީ މާވަށު ދާއިރާގެ ވޯޓުން، ސައީދަށް ކުރި ލިބިވަޑައިގަތީ ބާތިލް ވޯޓުތަކެއް ވެސް ގުނައިގެން ކަމަށް ބުނެއެވެ. ނަމަވެސް އަލުން ގުނުމުންވެސް ކުރި ހޯއްދެވީ ސައީދެވެ.

ސައީދު ކާމިޔާބު ކުރެއްވި ގޮނޑިއާ އެކު 19 ވަނަ މަޖިލިސް އިންތިހާބުގައި ޕީޕީއެމާއި ޕީއެންސީ އަށް ލިބުނީ ޖުމްލަ ހަތް ގޮނޑި އެވެ. މަޖިލީހުގެ އެންމެ ބޮޑު އަޣުލަބިއްޔަތެއް 65 ގޮނޑިއާއި އެކު ނެގީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީންނެވެ.