Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

ގ. ރެޑްޕާލް ގޭގައި ރޯވެ ގެއްލުން ތަކެއް ވެއްޖެ

ގ. ރެޑްޕާލް ގޭގައި ރޯވެ ގެއްލުން ތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ރޭ މެންދަމުން އަލިވެ 3:45 ހާއިރު ހިނގި މި ހާދިސާގައި ރޯވީ ރެޑްޕާލް ގޭގެ ދެވަނަ ފަންގިފިލާގައި ހުރި ލަކުޑި ސިޑިއެއްގައި ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ 4:30 އެހާއިރު ކަމަށެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހަތް މީހަކަށް ވަނީ ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މި ހާދިސާގައި އެގޭގައި ދިރިއުޅެމުން ދިޔަ މީހުންނަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.