Last Updated: June 18, 18:11
Wednesday, June 18, 2025
ޚަބަރު

ނަޝީދަށް ގުޅުއްވައި މައުމޫން މަރުހަބާ ވިދާޅުވެއްޖެ

ރައީސް ނަޝީދު ރައީސް މައުމޫން އާއި ސަލާމް ކުރައްވަނި، ފޮޓޯ: ޝަރަފް/އައްޑޫލައިވް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއާ ގުޅިގެން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ފޯނުން ގުޅުއްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.

ނަޝީދަށް ގުޅުއްވައި މަރުހަބާ ދެންނެވިކަން މައުމޫން ހާމަކުރެއްވީ މިއަދު ކުރެއްވީ ޓްވީޓެއްގައެވެ.

މަޖިލިސް އިންތިހާބުގައި 87 ދާއިރާ އަށް މެމްބަރުން އިންތިހާބުކޮށްފައިވާއިރު، އެމްޑީޕީން ވަނީ 65 ދާއިރާއެއްގެ ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދާފައެވެ.

މިއީ މަޖިލިސް އިންތިހާބެއްގައި މިހާތަނަށް އެއް ޕާޓީއަކަށް މިހާ ގިނަ އަދަދަކަށް ގޮނޑި ހޯދުނު ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ވެސް އެމްޑީޕީ އަށް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.

އެމްޑީޕީން ބޮޑު މެޖޯރިޓީއެއް ހޯދިއިރު އިންތިހާބުގެ އިތުރު ގޮނޑިތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީ އިން ފަސް ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޕީޕީއެމް އަށްވެސް ލިބިފައިވަނީ ފަސް ގޮނޑިއެވެ. ކޮންގްރެސް ޕާޓީ އަށް ތިން ގޮނޑި ލިބުނުއިރު މިނިވަން ކެންޑިޑޭޓުންނަށް ހަތް ގޮނޑި އަދި އެމްޑީއޭ އަށް ލިބުނީ ދެ ގޮނޑިއެވެ.

މި އިންތިހާބުގައި މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންތަކަކަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.