Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

އިންޑިޔާގެ އާންމު އިންތިޚާބު ފެށިގެން ކުރިއަށް

އިންޑިޔާގައި ވޯޓްލުން ކުރިއަށްދަނީ: ފޮޓޯ - ބީބީސީ އިންޑިޔާ

އިންޑިޔާގެ އާންމު އިންތިޚާބުގެ ވޯޓުލުން މިއަދު ފެށިއްޖެއެވެ. 20 ސްޓޭޓެއްގެ 91 ދާއިރާގައި މިއަދު ވޯޓުލުން ފަށާފައިވާއިރު އިންޑިޔާ ބޮޑު އިންތިޚާބު ކުރިއަށް ދާނީ 7 ފޭސްއަކަށް ބަހާލެވިގެންނެވެ. އާބާދީ ބޮޑުވުމާއެކު އިންޑިޔާގައި ޖުމުލަ ވޯޓު ހައްގު 900 މިލިއަން މީހުން އެބަ ތިއްބެވެ.

މިއަދު ވޯޓުލުން ފެށުނު ނަމަވެސް އިންތިޚާބުގެ ވޯޓުލުން މެއި މަހުގެ 19 ވަނަ ދުވަހާ ހަމައަށް އިންޑިޔާގެ އެކި ކަންކޮޅުތަކުގައި، އެކި ދުވަސް މަތިން ކުރިއަށްދާނެއެވެ. ވޯޓު ގުނާނީ މެއި މަހުގެ 23 ވަނަ ދުވަހުގައެވެ. މިއަދު ވޯޓުލުން ކުރިއަށްދާނެ ސްޓޭޓުތަކުގެ ތެރޭގައި ހިމެނެނީ އަންދުރަ ޕްރަދޭޝް، އަރުނާޗަލް ޕްރަދޭޝް، އައްސާމް، ބިހާރު، ޗައްތިސްގަރު، ޖައްމޫ އެންޑް ކަޝްމީރު، މަހާރަޝްތުރާ، މަނިޕޫރު، މެގާލަޔާ، މިޒޮރާމް، ނަގަލަންޑު، އޮޑީޝާ، ސިއްކިމް، ޓެލަންގަނާ، ތުރިޕޫރާ، އުއްތަރަ ޕްރަދޭޝް، އުއްތަރަކަންދު، ވެސްޓް ބެންގާލް، އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް އަދި ލަކްޝަދުވީޕް އެވެ.

މީގެ ފަސް އަހަރު ކުރިން، 2014 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކުރީ ނަރެންދްރަ މޯދީގެ ބީޖޭޕީ އިންނެވެ. ބީޖޭޕީ އިން ވަނީ އެ އިންތިޚާބުގައި 282 ގޮނޑި ކާމިޔާބުކޮށް ތިރީގޭގެ އަޣުލަބިއްޔަތު ހޯދާފައެވެ. އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާނީ އެއް ޕާޓީއަކުން ނުވަތަ ގިނަ ޕާޓީ އެކުލެވޭ ކޯލިޝަނަކުން 272 ގޮނޑިއެވެ.