Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

ބިދޭސީއަކަށް ބިރުދެއްކުމަށްފަހު ބައިލައްކަ ރުފިޔާ ފޭރިގެންފި

މާލޭގައި ތޫނު އެއްޗަކުން ބިދޭސީ އަކަށް ބިރުދެއްކުމަށްފަހު ބައިލައްކަ ރުފިޔާ ފޭރިގެންފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އޭނާ ހެންވޭރު ލަންސިމޫ ގޯޅިން ހިނގާފައި ދަނިކޮށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވީ، ފައިސާތައް ފޭރުގަތީ 20 އަހަރުގެ ޒުވާން ފިރިހެނެއް ކަމަށާއި އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހެލްމެޓް އަޅައިގެން ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފައިސާތައް ފޭރިގަނެގެން ދުވަފައި ދަނިކޮށް، އެވަގުތު އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.